← ހުރިހާ ލިޔުންތައް
ޢާއްމު

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫން އަސާސީ.

ތާރީޚްގެ ތެރެއިން 1887 ވަނަ އަހަރުގައި ދިވެހިރާއްޖޭގައި ތިބި ބާރުވެރި އާޢިލާތަކުގެ މެދުގައި އުފެދިފައިވާ ސިޔާސީ ވާދަ ވެރި ކަމުގެ ތެރެއިން އިނގެރޭސީންގެ ރައްކާތެރިކަން ލިބިގަތުމަށް “1887 ޕްރޮޓެކްޝަން އެގްރީމެންޓް ” ގެ ނަމުގައި އެއްބަސްވުމެއް ފެށިގެން ދިޔައެވެ. އަދި މި އެއްބަސްވުން 20 ވަނަ ޤަރުނުގެ 1990ތެރެއިން ދިގުދެމިގެން ދިޔައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ގެއްލުނު ސިޔާސީ ޙަރަކާތްތައް އަލުން ލިބި 20 ވަނަ ޤަރުނުގެ ތެރޭގައި ސިޔާސީ ޙަރަކާތްތަކަށް ގަދަ ކުރުމަށް ފުރުސަތު ދެމުން ދިޔައެވެ. އެދުވަސްވަރު ވޯރާ ވިޔަފާރިވެރީންގެ ބާރުވެސް އެހާ ގަދަމެއެވެ.

ނަވާރަސަތޭކަ ވިހި ވަނަ އަހަރުގައި ޕްރައިމް މިނިސްޓަރުކަން ކުރައްވަމުން އައި ޕްރައިމް މިނިސްޓަރުގެ ޝާހީ މުއްސަނދި ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ސުލްޠާން ޝަމްސުއްދީންގެ ހިތުތެރޭގައި ވަނީ ވެރިކަމުގެ ތާޖުގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދިފައެވެ. އަދި މިކަމުގެ ސަބަބުން ސުލްޠާން މުޙައްމަދު ޝަމްސުއްދީން މުޅިން އެކަހެރިވެއްޖެ ކަމުގެ އިޙުސާސްތައް އެމަނިކުފާނަށް ކުރެވެން ފެށިއެވެ. އާރާއިބާރުން ފުރިގެންވާ ޕްރައިމް މިނިސްޓަރު ޢަބްދުލް މަޖީދު ރަންނަ ބަނޑޭރި ކަލޭގެފަނު އުޅުއްވަމުން އައީ ބާރުވެރި ކަންމަތީގައެވެ. ހަމަ އެހެންމެ ދުރުގައި ހުރެގެން ޤައުމު ހިންގަވަމުން އައީ އެމަނިކުފާނު ކުރެއްވި އެއްވެސް ކަމަކަށް ޒިންމާ އަދި ޖަވާބު ދާރީ ވާން ނުޖެހޭ ފަދަގޮތަކަށެވެ. 1930 ވަނަ އަހަރު އައްސުލްޠާން ޝަމްސުއްދީންގެ ޕްރައިމް މިނިސްޓަރުގެ އާރާއި ބާރު ހުރީ ރަނގަޅަށްތޯ ބެލުމަށް އިނގެރޭސީންގެ އެހީތެރިކަމަށް އެދުނެވެ. ވާހަކަ އިތުރަށް ގޯސްކުރުމަށްޓަކައި ޤާނޫނީ ގޮތުން ތަޚްތުގެ ތާޖު ހައްޤުވާ ރަސްދަރިކަލުން ޙަސަން ޢިއްއްޒުއްދީންގެ ޤާބިލިއްޔަތާއި މެދު ސަމާލުކަން އިތުރުވެގެންދާ ފަދަ މުހިންމު ސުވާލުތަކެއް އުފެއްދެވިއެވެ. އަދި މިފަދައިން ސުވާލު އުފެދެނީ ބައްޕާފުޅަށް ފަހު ދެން ތަޚުތާއި ޙަވާލުވާ ބޭފުޅަކީ ރަސްދަރިކަލުން ޙަސަން ޢިއްޒުއްދީން ކަމުގައި ވާތީއެވެ. ހަމަ އެދުވަސް ވަރުގެ ތެރެއިން އޭރުގެ ޒުވާން ސިޔާސީ ލީޑަރުންތަކެއް ސްރީލަންކާއިން މަތީ ތަޢުލީމް ޙާސިލް ކުރުމަށްފަހު ރާއްޖެއަށް ވަޑައިގަތެވެ. އަދި އެބޭފުޅުންގެ އެދުމުގެ މަތީން އޭރުގެ ޤާނޫނު އިސްލާޙު ކުރުމަށް އޭރުގެ ޕްރައިމް މިނިސްޓަރުގެ ކައިރިން އެދެވުނެވެ. އަދި އެބޭފުޅުން އެދިލައްވާ ގޮތަށް އޭރުގެ ޤާނޫނު އަސާސީ އިސްލާޙު ކޮށްފިނަމަ އެދުވަސް ވަރުގެ ސީޔާސީ ބާރުތައް ކެނޑިގެންދާނެ ކަމުގެ ބިރު އިނގިރޭސިންގެ ގަވަރްނަރުގެ ހިތުގައި އުފެދުނެވެ. އަދި ހަމަ އެހެންމެ ރާއްޖޭގައި އެވަގުތު ޤާނޫނު އިސްލާޙު ކުރުމަށްޓަކައި ކުރަމުން ދިޔަ މަސައްކަތްތަކަށް އިނގެރޭސީންގެ ޝައުޤުވެރިކަން އުފެދުނެވެ. އަދި އެކަމުގައި އެހީތެރި ވެދެއްވަން ބޭނުންވާކަމަށް އޭރުގެ ސިޔާސީ ފަރާތްތައް ކައިރިން އެދުނެވެ.

ނަވާރަސާތޭކަ އެއްތިރީސް ވަނަ އަހަރުގައި އޭރުގެ އިނގެރޭސީންގެ ގަވަރުނަރު ކަމަށްވާ ބެނާރޑް ބޯޑިލިއަން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރިއެވެ. . އަދި ޤާނޫނު އިސްލާޙުކުރުމުގެ މަސައްކަތުގައި އެހީތެރިވާން ބޭނުން ވާކަމަށް ސިޔާސީ ފަރާތްތަކަށް ދެންނެވިއެވެ. އަދި އެޒިޔާރަތުގެ ތެރެއިން އޭރުގައި ރާއްޖޭގައި ތިއްބެވި ޒަޢީމުންނާއި ޢިލްމުވެރިންނާއި މަޝްވަރާކުރުމަށް ފަހުގައި އިނގިރޭސީންގެ ގަވަރުނަރު ބެނާރޑް ބޯޑިލިއަންގެ ހުށަހެޅުންތައް އޭރުގެ ރަސްގެފާނަށް ހުށައެޅުއްވިއެވެ. ބެނާރޑް ބޯޑިލިއަން ރައްޖޭގެ ޤާނޫނު އިސްލާޙު ކުރުމަށްޓަކައި ދެއްވި ލަފާގެ ތޭރޭގައި ރައްޔިތުންގެ މަޖިލީހެއް ދިވެހިރާއްޖޭގައި އުފައްދަވާ ބޮޑުވަޒީރުގެ ބާރުގެ ދަށުން އެ މަޖިލީސް ހިންގެވުން ހިމެނެއެވެ. އެހެން ނަމަވެސް ރާއްޖޭގެ އޭރުގެ ޕްރައިމް މިނިސްޓަރު ޢަބްދުލް މަޖީދު ބެނަރޑް ބޯޑިލިއަންގެ މި ހުށައެޅުމަށް އިންކާރު ކުރެއްވެވިއެވެ. ސަބަބަކީ ޤާނޫނު އަސާސީ އަށް އެވަރުގެ ބޮޑު ބަދަލެއް ގެނެސްފިނަމަ ދިވެހިރާއްޖޭގެ އޭރުގެ ރައްޔިތުން އެކަން ޤަބޫލުނުކޮށްފާނެތީއެވެ. އެހެންނަމަވެސް ބޮނަރޑް ބޯޑިލިއަންގެ އެދުމުގެ މަތިން 19 މާރޗް 1931 ގައި އޭރުގެ ރަސްގެފާނު މުޙައްމަދު ޝަމްސުއްދީން ރައްޔިތުންގެ މަޖިލީހެއް ގާއިމް ކުރެއްވެވިއެވެ. އަދި އެމަޖިލީހުގައި ޤާނޫނު އިސްލާޙު ކުރާނެ ގޮތްތަކުގެ ތެރޭގައި ތިރީގައި ބާޔާންކޮށްފައިމިވާ ކަންތައްތައް ހިމެނުއްވެވިއެވެ. އެވެސް ބެނާޑް ބޯޑިލިއަންގެ ލަފާގެ މަތީންނެވެ. އެކަންތައްތަކަކީ

އިސްލާމީޝަރީޢަތާއި ޚިލާފު ވާފަދަ އެއްވެސް ކަމެއް ނުކުރުން

.އޭރުގައި ގާއިމު ކުރެވިފައިވާ އާންމު އާދަކާދަތަކަށް އަޙައްމިޔަތުކަން ދިނުން

.ދައުލަތުގެ އަމުރުތަކާއި ޚިލާފު ނުވުން

.ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް ދަތިވާފަދަ އެއްވެސްކަމެއް ނުކުރުން

.އިނގިރޭސީންނާއި ރާއްޖެއާއި ދެމެދު 1887 ވަނަ އަހަރުގައި ވެފައިވާ އެއްބަސްވުންތަކާއި ޚިލާފުނުވުން މިއުޞޫލުގެ މަތީން ފުރަތަމަ ޤާނޫނު އަސާސީ ހެދި ވުޖޫދުވީ 12 ޑިސެމްބަރ 1932 ވަނަ އަހަރުއެވެ.

ކޮމެންޓްތައް

ކޮމެންޓެއް ޖައްސަވާ