ފުރަތަމަ ޖުމްހޫރިއްޔާ

ތާރީޚުގެ ތެރެއިން 1952 ވަނަ އަހަރުގައި ރާއްޖޭގައި އޮތް އާއިލީ ވެރިކަން ބަދަލުކޮށް ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރުމަށްޓަކައި ދިވެހި ރައްޔިތުންގެ މެދުގައި ވޯޓެއްލެވުނެވެ. އަދި މި އިންތިޚާބުން ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި އޮތުމަށް ވޯޓުގެ އަޣުލަބިއްޔަތުލިބި ދިވެހި ރައްޔިތުން ބެނުންވާ ގޮތަށް ކާމިޔާބުވިއެވެ. އަދި ހަމަ އެއާއިއެކު އާ ޤާނޫނު އަސާސީއެއްވެސް ފާސް ކުރެވުނެވެ. ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކަށް ފުރަތަމަ ޢައްޔަން ކުރެވުނީ މުޙައްމަދު އަމީން ދީދީ އެވެ. އަދި ވެރިކަމާ ހަވާލު ވެވަޑައި ގެންނެވިތާ އަހަރު ދުވަސް ނުވަނީސް އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށްޓަކައި ރައްޔިތުން އެއްވެ ވެރިކަން ވައްޓާލިއެވެ. އަނެއްކާވެސް އާއިލީވެރިކަމެއް ރާއްޖޭގައި ގާއިމްކުރުމަށް 1954ވަނަ އަހަރުގައި ވޯޓެއް ލެވުނެވެ. ރާއްޖޭގެ ރައްޔިތުން ގެ މަޖިލީހުގެ މެމްބަރުން ވޯޓްލައިގެން މުޙައްމަދު ފަރީދް ދީދީ ރަސްކަމާ ޙަވާލުވެވަޑައިގަތެވެ. އަނެއްކާވެސް 1954ވަނަ އަހަރުގެ މާރޗް މަހުގައި އާ ޤާނޫނު އަސާސީއެއް ފާސްކުރެވުނެވެ.

Leave a comment

Discover more from maldheef.com

Subscribe now to keep reading and get access to the full archive.

Continue reading