މުއްތަފަޤުން އަލައިހި ހަދީޘް ފުޅެއްގައި ވެއެވެ.”هل تدري ما حق الله على العباد وما حق العباد على الله قلت الله ورسوله أعلم قال فإن حق الله على العباد أن يعبدوه ولا يشركوا به شيئا وحق العباد على الله إذا فعلوا ذلك أن لا يعذبه” މާނައީ: ” ﷲ ގެ ކިބަފުޅަށްވާ މީސްތަކުންގެ ޙައްޤަކީ ކޮބައިކަމާއި ، މީސްތަކުން ގެ މައްޗައް ވާ ﷲ ގެ ޙައްޤަކީ ކޮބައިކަން ދަންނަމުހެއްޔެވެ؟ ތިމަން ދެންނެވީމެވެ. އެކަން މޮޅަށްދެނެވޮޑިގަން ނަވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. އެހިނދު ރަސޫލާ ހަދީޘް ކުރެއްވިއެވެ. މީސްތަކުން އަދާ ކުރަންޖެހޭ اللــــــه ގެ ޙައްޤަކީ އެކަލާނގެ އަށް ބައިވެރިއަކު ބައިވެރި ނޮކޮށް (ޝިރުކު ނުކޮާށް ) އަޅުކަންކުރުމެވެ. ﷲގެ ކިބަފުޅަށްވާ މީސްތަކުންގެ ޙައްޤަކީ އެކަލާނގެއާ ބައިވެރިއަކު ބައިވެރިނޮކޮށްފި މީހަކަށް ޢަޒާބު ނުދެއްވުމެވެ.”
މީސްތަކުންނަށް ނުވެސް އެނގި ޝިރުކުގެ ތެރެއަށް ވެއްޓިގެންދެއެވެ. ﷲ އަށްޓަކައި ލޯބިވުމާއި ހަމައެކަނި އެކަލާނގެއަށްޓަކައި ރުޅި އައުމަކީ އިސްލާމީ އެންމެ މަތީ އެއް އުޞޫލެވެ. مَن أحبَّ للَّهِ وأبغضَ للَّهِ ، وأعطى للَّهِ ومنعَ للَّهِ فقدِ استَكْملَ الإيمانَ . އެކުލެވިފައިވާ މާނައކީ:”ﷲ އަށްޓަކައި ލޯބިވެ އެއިލާހަށް ޓަކައި ރުޅި އައިސް، އެއިލާހަށް ޓަކައި ހޭދަ ކުރުމާއި ނުކުރުން ޤާއިމްކޮށްފައިވާ މީހާ އީމާންކަން ފުރިހަމަ ކޮށްފިކަން ކަށަވަރެވެ”. މީގެއިން ދޭހަވަނީއިސްލާމްދީނާއި ޚިލާފް ފިކުރުތަކާއި ޢަމަލްތަކަށް ތާއީދުކުރުމަކީ މިއުޞޫލާއި ޚިލާފްކަމަކަށްވާއިރު ތިމާ އުޅޭ ޖަމްޢިއްޔާއިން ނުވަތަ ޕާޓީއިން ނެރޭމީހާ އެއީ ކޮންމެ ފަދަމީހަކަށްވިއަސް ތިމާ ތާއީދު ކުރަނީ އޭނާއަށޭ ބުނުމުގެ ނުރައްކަލެވެ. އަދި ބައެއް މީހުން އެއީ ކުއްތާއަކަށްވިއަސް ތިމަންނަގެ ވޯޓު ދޭނީ އެމީހާޔަށޭ ބުނެ އުޅޭއިރު ތިމާގެ ދުލުން މިބޭރުކުރެވޭ ބަހުގެ ނުރައްކަލެވެ.
